ކެނދިކުޅުދޫ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްގީކުރުން ކުރިއަށް

4 months ago

ސާއި

ނ. ކެނދިކުޅުދޫ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއު ދަނީ ކުރިއަށް ކަަމަށް އެމްޓީސީސީން ހާމަކުރައްވައިފިއެވެ.


އެ ކުންފުނިން ވިދާޅުވީ މި މަޝްރޫއުގެ ދަށުން އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 67 އިންސައްތަ މަސައްކަތް ނިިމިފައިވާ ކަމަށެވެ.


މީގެއިތުރުން މި މަޝްރޫއުގެ ދަށުން 28,393 ކިއުބިކް މީޓަރުގެ ސަރަހައްދުގެ އައު ހާބަރ ބޭސިން ފުންކޮށް، 30,480 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރާނެއެވެ. އަދި 12,968 ކިއުބިކް މީޓަރުގެ ނެރު ފުންކޮށް، 12,038 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދުގެ ބޭސިން ފުންކުރާނެއެވެ.


އެމްޓީސީސީން ވިދާޅުވީ މި މަޝްރޫއުގައި 14,220 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދުގެ ނެރު ފުންކުރުމާއި 249 މީޓަރުގެ އެއްގަމުތޮށި ލުމާއި 368 މީޓަރުގެ ބޭރުތޮށި ލުން ވެސް ހިމެނޭ ކަމަށެވެ. އަދި 130 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 246 މީޓަރުގެ ގްރޮއިން ޖެހުމާއި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން ވެސް ހިމެނޭ ކަމަށެވެ.


ހަމަމިއާއެކު 86 މީޓަރު ދިގު 1.5 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި 1,990 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި އާއި ނެރު ބައްތި އަދި މޫރިންގ ބޯއީސް ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭއިރު، މިއީ 73.16 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު