އަގުހުރި އިނާމުތަކާއެކު އެސްޓީއޯ ޔޫރޯ ފޯރި ފަށައިފި

4 months ago

އަފްރާހް

އަގުހުރި އިނާމުތަކާއެކު އެސްޓީއޯ ޔޫރޯ ފޯރީގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.


މި ޖޫން މަހުގެ 13 ން ޖުލައި 14 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މައި ފިހާރަ އާއި އަތޮޅު ތެރޭގެ ފިހާރަތަކުގައެވެ.


މި ޕްރޮމޯޝަންގައި 15 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބޭއިރު، ޕްރޮމޯޝަންގައި ހިމެނޭ އުފެއްދުންތަކަކީ ފިލިޕްސް ބްރޭންޑްގެ ޓީވީ, ހޯމް ތިއޭޓަރ ސިސްޓަމް, އަދި ހެޑްފޯން އާއި ބޮކްސްލައިޓް ބްރޭންޑްގެ ޕްރޮޖެކްޓަރ އެވެ.


އެސްޓީއޯ އިން ވިދާޅުވީ ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި ގުރުއަތުން ހޮވޭ ފަރާތަކަށް 50,000 ރުފިޔާގެ އިނާމު ލިބޭނެ ކަމަށެވެ. އަދި ކޮންމެ މެޗެއްގެ ނަތީޖާ ދިމާ ކުރުމުގެ ފުރުސަތު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފޭސްބުކް ޕޭޖްގައި ހުޅުވާލާނެ ކަމަށެވެ.


މީގެއިތުރުން ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް ހޯމް ތިއޭޓަރ ސިސްޓަމެއް ލިބޭއިރު، ދެވަނަ ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް 32 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓަރ ސިސްޓަމެއް ލިބޭނެ ކަަމަށް ވެސް ވިދާޅުވިއެވެ. އަދި ކުއާޓަރ ފައިނަލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް 43 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓަރ ސިސްޓަމެއް ލިބޭނެކަމަށް ވެސް ވިދާޅުވިއެވެ.


އެކުންފުނިން ވިދާޅުވީ ފައިނަލް މެޗްގެ ނަތީޖާ ދިމާކުރާ ފަރާތަކަށް 65 އިންޗީގެ ޓީވީއެއް ލިބޭނެކަމަށާއި ކޮންމެ ބުރެއްގައި ވެސް ޕޮއިންޓް އެއްވަރު ވެއްޖެނަމަ އިނާމު ލިބޭ ފަރާތް ހޮވާނީ ގުރުއަތުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު