ބިދޭސީންތަކެއް ވެލާބިސް ވަޅެއް ކޮންނަ މަންޒަރު

5 months ago

އަފްރާހް

ބިދޭސީންތަކެއް ވެލާބިސް ވަޅެއް ކޮންނަ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމުވެއްޖެއެވެ.


މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަނީ ހުދު ދޮންވެލި ގޮނޑުދޮށުގައި ވެލައެއް ބިސް އަޅާފައިވާ ވަޅުގަނޑެެއް ކޮނެގެން ބޮސްނަގަނިކޮށެވެ. އަދި އެ ބިސްވަޅު ކޮންނަނީ ބަލާބެލުމަށް ބަންގްލަދޭޝް މީހެއް ކަމުގައި ލަފާކުރެވެއެވެ.


އެ ވީޑިއޯ އިން އިތުރުމީހަކު ނުފެނުނު ކަމުގައިވިޔަސް، އެ ވީޑިއޯކޮށްފައިވަނީ އެހެން މީހެއްކަމުުން އެ ސަރަހައްދުގައި އިތުރު މީހުން އުޅޭނެކަމަށް ބެލެވެއެވެ. އަދި އެހެން މީހުން ވާހަކަ ދައްކާ އަޑުވެސް އިވެއެވެ.


ރާއްޖޭގައި ވެލާ އަދި ކަހަބަކީ ހިމާޔަތްކޮށްފައިވާ އެއްޗަކަށް ވާއިރު، އެތަކެތީގެ ބިސް ނެގުމަކީ ވެސް މަނާ ކަމެކެވެ.


އެހެންނަމަވެސް ކަމާއިބެހޭ އެއްވެސް އިދާރާއަކުން މިކަމުގައި މިހައިތަަނަށް ބަހެއް ހާމަކުރައްވާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު