ދިރާގުން ޔޫރޯ އާއި އީދަށް ހާއްސަ ޕްރޮމޯޝަނެއް

4 months ago

އަފްރާހް

ޔޫރޯ ފުޓްބޯޅަ މުބާރާތާއި އަޟްހާ އީދަށް ދިރާގުން ހާއްސަ ޕްރޮމޯޝަނެއް ތައާރަފްކޮށްފިއެވެ.


އެކުންފުނީގެ ހެޑް އޮފީހުގައި ޖޫން 13 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖަރ މާކެޓިންގ ކޮމިއުނިކޭޝަންސް، ހަސަން ޝާރިހް އާދަމް ވިދާޅުވީ މި ޕްރޮމޯޝަންތަކާއެކު ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނާއި އީދުގެ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރަށް ކުލަގަދަކޮށް، ފުރިހަމަކަމާއެކު ގެނެސްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.


ޔޫރޯ ފުޓްބޯޅަ މުބާރާތާ ދިމާކޮށް ތިން ޕްރޮމޯޝަނެއް ދިރާގުން ތައާރަފްކުރުމަށް ނިންމާފައިވާއިރު، އެއީ ސޮނީ ލިވް ޕްރިމިއަމް އެކްސެސް، މެޗް ޕާސް އަދި ޖެހީ ލިބުނީ ޖީބީއެވެ.


ސޮނީ ލިވް ޕްރިމިއަމް އެކްސެސް:


ޔޫރޯގެ ހުރިހާ މެޗެއް އޮންލައިންކޮށް ބަލާލުމަށްޓަކައި ސޮނީ ލިވް ޕެކާއެކު 80 ޖީބީގެ ޑޭޓާ އަދި ޔޫރޯ 2024ގެ އޮފިޝަލް ސްޓްރީމިން ޕާޓްނަރ، ސޮނީ ލިވްގެ 30 ދުވަހުގެ ޕްރިމިއަމް އެކްސެސް 80 ރުފިޔާއަށް ލިބޭނެ ކަމަށެވެ. އަދި ސޮނީލިވްގެ ސްޓޭންޑަލޯން 30 ދުވަހުގެ ސަބްސްކްރިޕްޝަނެއް 60 ރުފިޔާއަށް ހޯދޭނެއެވެ. މީގެ އިތުރުން އައު ދިރާގު ޕްރީޕެއިޑް ޕްލޭނެއް ނަގާ ފަރާތްތަކަށް 30 ދުވަހުގެ ހިލޭ ސޮނީ ލިވް ޕެކް ލިބޭނެ ކަމަށާއި، އައު ޕޯސްޓްޕެއިޑް ޕްލޭންތައް ނަގާ ހުރިހާ ކަސްޓަމަރުންނަށް ކަނެކްޝަން ނަގާ މަހާއި ޖެހިގެން އަންނަ މަހު ހިލޭ ސޮނީ ލިވް ޕެކް ލިބޭނެ ކަމަށް ދިރާގުން ހާމަކުރެއެވެ.


ޖެހީ ލިބުނީ ޖީބީ:


މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ކަސްޓަމަރަކަށްވެސް އެ މީހަކު ސަޕޯޓް ކުރާ ޓީމުން ގޯލެއް ޖެހުމުން ހިލޭ 1 ޖީބީ ޑޭޓާ (ކޮންމެ މެޗަކަށް ޖުމްލަ 5ޖީބީ ޑޭޓާއާ ހަމައަށް) ލިބޭނެ އެވެ. ހިލޭ ޑޭޓާ ހޯދުމަށް ކަސްޓަމަރުންނަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް ސަޕޯޓުކުރާ ޓީމް ރަޖިސްޓްރީ ކުރެވޭނެ ކަމަށާއި ކޮންމެ ކަސްޓަމަރަކަށްވެސް ޓީމް ރަޖިސްރީ ކުރެވޭނީ އެއް ފަހަރު ކަމަށް ދިރާގުން ބުނެއެވެ.

މެޗް ޕާސް:


މިޕްރޮމޯޝަންގެ ދަށުން 30 ރުފިޔާއަށް 30ޖީބީ ލިބޭ ޚާއްސަ އެޑް-އޮންއެއް ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށްވެސް ޔޫރޯގެ މެޗުތައް ކުރިއަށްދާ ވަގުތު ނެގޭނެ ކަމަށާއި، ކޮންމެ ނަމްބަރަކަށްވެސް ދެ ގަޑިއިރުގެ ވެލިޑިޓީގެ މި އެޑް-އޮން ނެގޭނީ މެޗު ކުރިއަށްދާ ވަގުތު އެއްފަހަރު ކަމަށް ދިރާގުން ހާމަކުރެއެވެ.


މީގެ އިތުރުން އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން އެކުންފުނިން ތައާރަފްކޮށްފައިވަނީ އަޕްގްރޭޑަޑް 100ޖީބީ ޑޭޓާ ޕެކާއި ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ޑޭޓާ ބޫސްޓަރއެވެ.


އަޕްގްރޭޑަޑް 100ޖީބީ ޑޭޓާ ޕެކް:


ދިރާގުން ވިދާޅުވީ އީދު ތެރޭގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް 100 ޖީބީގެ 7 ދުވަސް ޕެކް އިތުރު 50ޖީބީއާއެކު ޖުމްލަ 150ޖީބީ އިތުރު އެއްވެސް އަގަކާ ނުލައި ލިބޭނެ ކަމަށެވެ. މިއޮފަރ ކުރިއަށްދާނީ 22 ޖޫން ގެ ނިޔަލަށެވެ.


ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ޑޭޓާ ބޫސްޓަރ:


މިއޮފަރގެ ދަށުން 30 ޖޫންގެ ނިއަލަށް ދިރާގު ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި ވަކި ބޫސްޓާރތަކާއެކު އިތުރު ޑޭޓާ ލިބޭނެއެވެ.


މީގެއިތުރުން ދިރާގުން މިފަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ވެސް ވަނީ ރާފައެވެ. އޭގެތެރޭގައި މިއުޒިކް ޝޯއަކާއި އެނޫންވެސް ހަރަކާތްތައް ހިމެނެއެވެ. މިއުޒިކު ޝޯގެތެރެއިން ދިރާގުން ތަޢާރަފްކުރި "ވިން އަ ޓެސްލަރ"ގެ ނަސީބުވެރިޔާ އިއުލާނުކުރުމަށް ވަނީ ނިންމާފައެވެ.


އީދު ޝޯވ އޮންނާނީ ޖޫން 17 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.


ކިޔުންތެރިންގެ ހިޔާލު