އަރަފާތު ދުވަހު އިސްލާމީ އުންމަތް ދައްކައިދެނީ އެއްބައިވަންތަކަމުގެ މަތިވެރި މަންޒަރު

4 months ago

އަފްރާހް

އަރަފާތު ދުވަހު އިސްލާމީ އުންމަތް ދައްކައިދެނީ އެއްބައިވަންތަކަމުގެ މަތިވެރި މަންޒަރު ކަމުގައި ހުކުރު ހުތުބާގައި ބުނެފިއެވެ.


ހުތުބާގައި ބުނީ އަރަފާތު ދުވަހު ދައްކައިދެނީ ތަފާތު ހިސާބުތަކުން މުސްލިމުން އެއްތާކަށް އެއްވާ ތަން ކަމަށާއި އެބައިމީހުންގެ ކުލަ ތަފާތަސް، އެބައިމީހުންގެ ނަސްލު ތަފާތަސް، އެބައިމީހުން ވާހަކަދައްކާ ބަހުރުވަ ތަފާތަސް، އެބައިމީހުން އެއްތާކަށް އެއްކުރުވަނީ އެބައިމީހުންގެ އީމާންކަން ކަމަށެވެ.


"މާތް اللهގެ އެއްކައުވަންތަކަމަށް ގޮވައިލާ އިސްލާމްދީނެވެ. އެ އެންމެން އެއް ތާކަށް، އެއް ގޮތަކަށް އެއްވެ، މާތް اللهއަށް މުނާޖާ ދެންނެވުމަށް ޓަކައެވެ. ޢަރަފާތު ދުވަހު ޢަރަފާތުގެ ބިމުގައި ތިބެ މާތް اللهއަށް ތަލްބިޔާ ކިޔުމަށެވެ. އެތައް ހާސް އަހަރެއް ކުރީން އިބްރާހިމްގެފާނު ގޮވައިލެއްވި ގޮވައިލެއްވުމަށް އިޖާބަދިނުމުގެ ގޮތުންނެވެ."


އަރަފާތު ބިމުގައި ތިބޭ މަންޒަރަކީ ޝައުޤުވެރިކަމާ އެކު، މީސްތަކުންގެ ކަޅި އެ ދިމާއަށް އަނބުރައިލެވޭ މަންޒަރެއް ކަމަށާއި ހިތްތަކަށް ފިނިކަމާއި އުފާވެރިކަން ގެނުވާ މަންޒަރެއް ކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ. އަދި މައްކާގެ ބިމުގައި މާތް الله ލައްވައިފައިވާ މަނާސިކުގެ ކަންކަން ފުރިހަމަކުރުމުގެ މަތިވެރި އަޅުކަން އަދާކުރާ މަންޒަރެއް ކަމުގައި ވެސް ވަނީ ބުނެފައެވެ.

އެކަމުން ދައްކައިދެނީ މުސްލިމުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމުގައި ހުތުބާގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު