ކިނބިދޫ ނެރު ފަސްގަނޑަށް ލޯންޗެއް އުރި ދެމީހަކަށް އަނިޔާވެއްޖެ

4 months ago

އަފްރާހް

ތ. ކިނބިދޫ ނެރު ފަސްގަނޑަށް ލޯންޗެއް އުރި ދެމީހަކަށް އަނިޔާވެއްޖެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ޖޫން 14 ވަނަ ދުވަހުގެ ހަވީރު 5 ޖަހާހާއިރު "ވެލިމާ" ނަމަކަށް ކިޔާ ލޯންޗަށް ތ. ކިނބިދޫ ނެރު ފަސްގަނޑަށް އަރާ އެކްސިޑެންޓްވެފައިވާ މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.


އެ ހާދިސާގައި އެ ލޯންޗުގައި ތިބި ތިން މީހުންގެ ތެރެއިން ދެ މީހަކަށް ކުދި އަނިޔާތަކެއް ވެފައިވާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ.


މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.


މީސްމީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަގޮތުގައި ހަތަރު އިންޖީނު އަޅާފައި އޮތް ބޮޑު އެ ލޯންޗު ވަނީ ގަސްތަކުތެރެއަށް ގޮސް ވަދެފައެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ލޯންޗު ދަތުރުކޮށްފައިވަނީ ކިނބިދޫއަށް މީހުން ބޭލުމަށްފަހު އެނބުރި ދިއުމަށެވެ. އެއީ ތ. ގުރައިދޫ ލޯންޗެކެވެ.


ކިޔުންތެރިންގެ ހިޔާލު