މަޖިލިސް މެމްބަރުކަމަށް ކުރިމަތިލުން ނިމުނީ: ރޮޒައިނާ

5 months ago

އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ދެން ކުރިމަތިލުމުގެ ވިސްނުން ނެތް ކަމުގައި އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެފަހު ޖަލްސާގައި މެއި 13 ވަނަ ދުވަހު ވާހަކަ ދައްކަވަމުންނެވެ.

ރޮޒައިނާ ވިދާޅުވީ 15 އަހަރު މަޖިލިހުގައި ހޭދަކޮށްފައި ދާއިރު، ދެން އިތުރަށް މަޖިލިސް މެމްބަރުކަމަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

19 ވަނަ މަޖިލީހުގެ ފަހު ޖަލްސާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން މަޖިލިހުގައި ވާހަކަ ދައްކަވާނެ ފަހު ދުވަސް ކަމަށް ވެސް ވިދާޅުވިއެވެ.

ތުލުސްދޫ ދާއިރާގެ ރައްޔިތުންނަށާއި އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ، އެކަމަނާ ވަނީ ދާއިރާތަކުގެ ރައްޔިތުން ހަވާލުކުރި މަސައްކަތް އަމާނާތްތެރި ކަމާއެކު ކުރެވިއްޖެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރޮޒޭނާ މިފަހަރު މަޖިލިސް އިންތިހާބުގައި ވާދަކުރައްވާފައި ނުވަނީ އައްޑޫ މީދޫ ދާއިރާގައި ބޭއްވި އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ނުވުމުންނެވެ

20 ވަނަ ރައްޔިތުންގެ މަޖިލިސް ހުވާކުރުމަށް ހަމަޖެހިފައިވަނީ މިހިނގާ މެއި މަހުގެ 28 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު