ގައިނަގަޔަށް އަރާ ބަލިތަކަށް ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފި

4 months ago

އަފްރާހް

އީދު ކުޅިވަރުތަކުގައި އުޅޭއިރު، ގައިންގަޔަށް އަރާ ބަލިތަކަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.


އެ އިދާރާ އިން މިފަދައިންނ އިލްތިމާސް ކުރެއްވީ ކުރިއަށް އޮތީ ބޮޑުއީދު ބަންދަށްވެފައި، ގިނަބަޔަކު ޗުއްޓީއަށް ފުރައިގެން އެކި ތަންތަނަށް ދަތުރުކުރުމާއި އީދު ފާހަގަކުރުމުގައި ވެސް އެއްވެ އުޅުން ގިނަވެގެންދާނެ ދުވަސްތަކަަކަށްވާތީއެވެ.


އެގޮތުން ޗުއްޓީގެ ހަރަކާތްތަކާއި އީދު ކުޅިވަރުގައި ޝާމިލުވެ އުޅޭ އިރު، ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވެ ތިބުމަކީ މުހިންމުކަމެއް ކަމުގައި އެ އެޖެންސީން ވަނީ ހަނދުމަކޮށްދެއްވާފައެވެ.


ވަކީން ހާއްސަކޮށް މިދުވަސްވަރަކީ އެފަދަ ބައެއް ބަލިތައް އާންމު ދުވަސްކޮޅަކަށްވާތީ، ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.


ހަމަމިއާއެކު މިދުވަސްވަރު ޑެންގީ، ޗިކުންގުންޔާ، އިންފްލުއެންޒާ އަދި ބޭރަށްހިންގުން ފަދަ ގައިގަޔަށް އަރާ ބަލިތައް އިތުރުވެފައިވާކަމަށް ވިދާޅުވެފައެވެ. 


ކިޔުންތެރިންގެ ހިޔާލު