ފަލަސްތީނުގެ ހާލަތު ދިވެހި ދެ އަންހެން ކުދިންގެ ދުލުން ދޯހާގައި

5 months ago

އަފްރާހް

އިސްރާއީލުން ފަަލަސްތީނަށް ދެމުންދާ އުދުވާނުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން އުޅެމުންދާ ހާލަތު ދިވެހި ދެ އަންހެންކުދިން ކިޔައިދީ ގިނަބައެއްގެ ސަމާލުކަން ހޯދައިފިއެވެ.


މި މެއި މަހުގެ 11 އަދި 12 ގައި "ވުމެން ފޮރ ޕަލަސްތީން' ނަމުގައި ކުރިއަށްގެންދިޔަ މި ކޮންފަރެންގައި ޖުމްލަ 58 ގައުމަކުން ބައިވެރިވެފައިވެއެވެ.


މި ކޮންފަރެންސްގައި ބައިިވެރިވި ގައުމުތަކުން ވަނީ ފަލަސްތީނަށް، އިސްރާއީލުން ދެމުންދާ އުދުވާނު ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ވަގުތުން އެ އުދުވާން ހުއްޓައިލުމަށް ވަނީ ގޮވައިލާފައެވެ.


މީގެއިތުރުން މި ކޮންފަރެންސްގައި ބައިވެރިވި 58 ގައުމުގެ އަންހެނުން ގުޅިގެން ފަލަސްތީނަށް ކޮށްދެވިދާނެ ކަންކަމާއި ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.


ފައިބެއަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީން ފެށި އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 35,000 އަށްވުރެ މައްޗަށް އަރާފައެވެ.


ރާއްޖޭގެ ރައްޔިތުން ވެސް މި އުދުވާނާއި ދެކޮޅުހެދުމުގެ ގޮތުން ތަފާތުއެކި ހަރަކާތްތައް ގެންދަނީ ބާއްވަމުންނެވެ. އެގޮތުން ހިނގައިލުންތަކާއި ޕިކަޕް ބުރާއި ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ފަންޑްރައިޒިންގ ހަރަކާތްތައް ވެސް ގެންދަނީ ބާއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު