ދިރާގު ޓެސްލާ ކާރު ލިބުނީ މުސްތަފާ އަށް

4 months ago

އަފްރާހް

ރާއްޖޭގެ މުވާސަލާތީ އެންމެބޮޑު ކުންފުނި ކަމުގައިވާ ދިރާގުން ކުރިއަށްގެންދިޔަ 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައިފިއެވެ.


މިފަރާތް ހޮވާފައިވަނީ ޖޫން 17 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޭއްވި ދިރާގު އީދު ޝޯވ ގައެވެ. ލަކީ ޑްރޯއިން ޓެސްލާ ކާރު ލިބުނީ މުސްތަފާ މުޙައްމަދަށެވެ.


މި ޕްރޮމޯޝަނަކީ އެ ކުންފުނީގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު، އައު ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ލޯންޗުކުރި ހަރަކާތެކެވެ.


ފައިބެއަހަރުގެ އޮކްޓޯބަރުމަހު ފެށި މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި ދިރާގު ކަސްޓަމަރުން ވަނީ މިއަހަަރުގެ ޖަނަވަރީ 31ގެކުރިން ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ ފައިބަރ ބްރޯޑްބޭންޑް 30M އިން މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކޮށްފައެވެ. އަދި ޕްރޮމޯޝަންގައި ބައިވެރިވުމަށް ސަބްސްކްރައިބް ކުރި ޕްލޭންތަކުގައި 17 ޖޫން އާއި ހަމައަށް މަޑުކުރަންޖެހެއެވެ.


މީގެއިތުރުން މި މުއްދަތުގެ ތެރޭގައި ސަބްސްކްރައިބްކޮށްފައިވާ ޕްލޭންތައް ކަސްޓަމަރުންނަށް އަޕްގްރޭޑް ވެސް ކުރެވެންއޮތްކަން ދިރާގުން ފާހަގަކުރިއެވެ.


މި ޕްރޮމޯޝަން އިންސާފުވެރި، ދެފުށްފެންނަ ގޮތަކަށް ކުރިއަށްގެންދިޔުމުގެ ގޮތުން ދިރާގުން ވަނީ މިނިވަން އޮޑިޓަރެއް ކަމުގައިވާ ކްރޯ މޯލްޑިވްސްއާއި ގުޅިގެން މަސައްކަތްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު