7 months ago
ފާއިތުވި 24 ގަޑިއިރު އެންމެގިނައިން ވާރޭ ވެހުނީ ހައްދުންމަތީ ކައްދޫ އާއި އދ. މާމިގިއްޔަށް ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ހާމަކުރައްވައިފިއެވެ.
އެ އިދާރާ އިން ހާމަކުރެއްވި އަދާހަމައިގާވާގޮތުން ކައްދޫ އަށް 135.7 މިލިމީޓަރުގެ ވާރޭ އަދި މާމިގިއްޔަށް 109.5 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.
މީގެއިތުރުން ހުޅުމާލެއަށް 36.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ހުޅުލެއަށް 32.9 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި ގއ. ގެމަނަފުއްޓަށް 31.4 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ތަފާސްހިސާބުން ދައްކައެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާ އިން ލަފާކުރައްވާފައިވާ ގޮތުގައި ވޭތުވެދިޔަ އަހަރުތަކަށް ވުރެ މިއަހަރު ރާއްޖެއަށް ވާރޭ މިންވަރު އިތުރުވާނެކަމަށް ވަނީ ލަފާކުރައްވާފައެވެ.