ރާއްޖޭގެ އެކި ހިސާބުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުން

4 months ago

އަފްރާހް

ރާއްޖޭގެ އެކި ހިސާބުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުން ކަމުގައި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.


މިނިސްޓަރ ވިދާޅުވީ ހާއްސަގޮތެއްގައި ފަތުރުވެރިކަން ނެތް ހިސާބުތަކުގައި ފަތުރުވެރިކަން ކުރިއެރުވުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެގޮތުން ފަތުރުވެރިކަަމަށް އިތުރު 9 އަތޮޅަކުން 19 ރަށެއް ހުޅުވާލާފައިވާ ކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން މިއަހަރުތެރޭ ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު 2700 އެނދު ނެރެވޭނެކަމަށް ލަފާކުރެވޭކަމަށް ވެސް ވިދާޅުވިއެވެ.


އެ ރަށްތަކަށް އިންވެސްޓަރުން ހޯދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެކި ގައުމުތަކުގައި އިންވެސްޓަރސް ފޯރަމްތައް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެ ރަށްތަކަށް އިންވެސްޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް މިހާރުވެސް ލިބެމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ.


މިނިސްޓަރ ވިދާޅުވީ މިހާރު ރިސޯޓުތައް ތަރައްގީކުރެވޭ ސްޕީޑަށް ބަލާއިރު، މިއަހަރުތެރޭ 15 ނޫނީ 12 ރިސޯޓު އަލަށް ހުޅުވޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު