މި އަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސާދު 4.9 ޕަސެންޓަށް އަރާނެ

4 months ago

އަފްރާހް

މި އަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސާދު 4.9 ޕަސެންޓަށް އަރާނެކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ހާމަކުރައްވައިފިއެވެ.


އެމްއެމްއޭ އިން ކުރިން ލަފާކޮށްފައިވާ ގޮތުގައި މި އަހަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރާނީ 5.5 ޕަސަންޓުންނެވެ.


މަރުކަޒީ ބޭންކުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހަތަރު ޕަސެންޓުގައި ހުރިއިރު، މި އަހަރު ނިމޭއިރު އެ އަދަދު 4.9 ޕަސންޓަށް އަރާނެއެވެ.


އެމްއެމްއޭ އިން ރާއްޖޭގެ އިގްތިސޯދީ ކުރިއަރާނެކަމަށް ލަފާކުރާ މިންވަރު ދަށްކޮށްފައި މިވަނީ، ކޮންސްޓްރަކްޝަން ދާއިރާއާއި ދަތުރުފަތުރާއި މުވާސަލާތީ ދާއިރާގެ ކުރިއެރުން މަޑުޖެހޭނެ ކަމަށް ލަފާކުރެވޭތީއެވެ.


އެ ދާއިރާތަކުގެ ކުރިއެރުން މަޑުޖެހުނު ނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތަށް މި އަހަރު ކުރިއެރުން ލިބޭނެ ކަމަށް އެމްއެމްއޭ އިން ވަނީ ލަފާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު

ހިޔާލް

މިފަހަރު އީދު ފާހަގަ ކުރުމުގަ 4.9 ޕަސެންޓު ކުރީގަ އުޅެނީ ދީނާހިލާފު ކުޅިވަރު ތަކުގަ

4 months ago