ހަނިމާދޫގެ ކޮޓަރިއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

4 months ago

އަފްރާހް

ދޮށީ އުމުރުގެ މީހަކު ކޮޓަރިއެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ނިޔާވެފައިވަނީ ހދ. ހަނިމާދޫގައި ދިރިއުޅޭ މީހެއް ކަމަށެވެ. އަދި އޭނާއަކީ އެ ރަށުގެ ގެއެއްގެ ކޮޓަރިއެއްގައި ކުއްޔަށް އުޅޭ މީހެއް ކަމަށެވެ.


މީގެއިތުރުން އެމީހާ ޖޫން 21 ވަނަ ދުވަހުގެ ރޭ ކޮޓަރިއަށް ވަތްގޮތަށް ޚަބަރެއް ނުވެގެން ފުލުހުންނަށް މައުލޫމާތު ލިބުމާއެކު، އެ ކޮޓަރިއަށް ގޮސް ބެލިއިރު، އެމީހާގެ ހަރަކާތެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެމީހާ އޮތީ އެނދުމަތީގައި ކަމަށް ވެސް ވިދާޅުވިއެވެ.


ފުލުހުން އިތުރަށް ވިދާޅުވީ އެރަށު ހެލްތު ސެންޓަރަށް އެމީހާ ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.


އެއީ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު