ބްރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއެއް މަރުވެއްޖެ

4 months ago

އަފްރާހް

ސިނަމާލޭ ބްރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއެއް މަރުވެއްޖެއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ޖޫން 21 ވަނަ ދުވަހުގެ ހެނދުނު 6:40 ހާއިރު، ހިނގި މި ހާދިސާގައި ޒަޚަމުވި މީހާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް މިއަދުގެ ވަގުތެއްގައި ކަމަށެވެ.


މަރުވެފައިވަނީ ސްރީލަންކާގެ ފިރިހެނެއް ކަަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.


މި ހާދިސާ ހިނގާފައިވަނީ ބްރިޖު ހައިވޭގެ މާލެއިން ހުޅުމާލެއަށްދާ ފަޅީގައި ސައިކަލު ކަހައިލާ ވެއްޓި ފެންސުތަކުގައި ޖެހިގެންކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.


އެ އިދާރާ އިން ވިދާޅުވީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު