އިސްލާމް ދީނަށް ފުރައްސާރަކޮށް ޕޯސްޓެއް ކުރި މައްސަލަ ބަލަނީ

4 months ago

އަފްރާހް

އިސްލާމް ދީނަށް ފުރައްސާރަކޮށް، މީހަކު ޕޯސްޓެއް ކުރި މައްސަލަ ދިވެހި ފުލުހުންެގެ ހިދުމަތުން ބަލަން ފަށައިފިއެވެ.


އެ އިދާރާ އިން ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަކޮށް 'އެކްސް' ގައި އާންމުކޮށްފައިވާ ޕޯސްޓު އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިކަމާއިގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.


އިސްލާމް ދީނަށް ފުރައްސާރަކޮށް 'އެކްސް' ގައި ޕޯސްޓެއްކޮށްފައިވަނީ އައިޝަތު ނަޒްހާގެ ނަމުގައިވާ އެކައުންޓަކުންނެވެ.


އެ ޕޯސްޓުގައި ފަރުޟު ހައްޖަކީ ޖޯކެއް ކަމަށް ސިފަވާގޮތަށް ބަޔާންކޮށް، ވަނީ ޔޯގާކުރުން ދިފާއު ކޮށްފައެވެ.


އިސްލާމް ދީނަށް ފުރައްސާރަކޮށް މީގެ ކުރިންވެސް އެކި އެކި ޕޯސްޓުތައް ބައެއް ފަރާތްތަކުން ވަނީ ކޮށްފައެވެ. އަދި އެފަދަ ޕޯސްޓުތަކުގެ މައްސަލަ ފުލުހުން ވަނީ ބަލާފައެވެ.


ކިޔުންތެރިންގެ ހިޔާލު