ސޯމާލިޔާގެ ޑިންގީ އެއް ތިން މީހުންނާއެކު ރާއްޖެއަށް

4 months ago

އަފްރާހް

ސޯމާލިޔާގެ ޑިންގީ އެއް ތިން މީހުންނާއެކު ރާއްޖޭގެ ފަޅުރަށަކަށް ލައްގައިފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ޑިންގީ އާއި ތިން މީހުން ލައްގާފައިވަނީ ނ. ވަވަތިއަށް ކަމަށެވެ.


"އަރްމާޖޯ 1" ނަމަކަށް ކިޔާ ޑިންގީގައި އެގައުމުގެ ތިން މީހަކު ތިބިކަމުގެ މައުލޫމާތު މިއަދު ހެނދުނު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.


އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެ މީހުންނާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން މިހައިތަނަށް ހާމައެއް ނުކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު