މިސްކިތެއްގެ ތެރޭގައި ޓިކްޓޮކް ވީޑިއޯއެއް ކުޅުމުން ރ. މީދޫ ރައްޔިތުން ރަތަށް!

4 months ago

އަފްރާހް

ރ. މީދޫގެ މިސްކިތެއްގެ ތެރޭގައި ޓިކްޓޮކް ވީޑިއޯއެއް ކުޅުނު މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ބަލަން ފަށައިފިއެވެ.


އެ އިދާރާ އިން ވިދާޅުވީ އެރަށަށް އީދު ޝޯވ ދޭން ގޮސްތިބި، ގްރޫޕެއްގެ އަންހެން މެމްބަރަކު އެރަަށުގެ މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މައްސަލަ ތަހުގީގު ކުރަމުން އަންނަކަަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.


އެ ޓިކްޓޮކް ގެ ސްކްރީން ޝޮޓުތަކާއެކު މީސްމީޑިއާގައި އަންނަނީ ގިނަބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.


އެގޮތުން މިސްކިތްތަކަކީ ޓިކްޓޮކާއި ލަވައާއި ޑްރާމާ ކުޅެން ހުންނަތަންތަން ނޫން ކަަމަށް ބުނެފައިވެއެވެ. އަދި އެ ޢަމަލު ހިންގި މީހަކު ނުވަތަ ބަޔަކު ހޯދައި، ފިޔަވަޅު އެޅުމަށް ވެސް ގޮވައިލާފައި ވެއެވެ.


'އޮއިވަރު' އަށް މައުލޫމާތު ލިބިފައިވާގޮތުގައި ޓިކްޓޮކް ކުޅެފައިވާ މިސްކިތަކީ ދުނިޔޭގެ ތާރީހާއި ތަރިކައިން ޖާގަލިބިފައިވާ އެރަށުގެ އެންމެއަގުބޮޑު ތަރިކައިގެ ގޮތުގައި ފެންނާންހުރި މިސްކިތެވެ. އެއީ އެެރަށު މައި މިސްކިތް ނުވަތަ ދެކުނު މިސްކިތެވެ.


ކިޔުންތެރިންގެ ހިޔާލު

ޢަލީ

ޝޯ ކުޅުނީ މާ ރަނގަޅު ވަނެ އަދިވެސް ފާޑު ފާޑުގެ ޝޯތައް ބޭއްވޭ ތޯ ބަލާ އަދިވެސް ތި ކަހަލަ ކިތައްމެ ކަމެއް ފެންނާނެ

4 months ago