ފިޔޯރީން ގެއްލުނު ކުއްޖާ ފެނިއްޖެ

6 months ago

އަފްރާހް

ގދ. ފިޔޯރީން ގެއްލިގެން ހޯދަމުންދިޔަ އެރަށު ފިނިވިލާގެ، މީނާލް މުހައްމަދު ފެނިއްޖެއެވެ.


އުމުރުން 9 އަހަރުގެ މީނާލް ފެނުނީ އޭނާ ދިރިއުޅޭ ގެއާއި މާދުރުނޫން ގެއެއްގެ ގޯތިތެރޭގައި ހޭނެތިފައި އޮއްވައެވެ.


ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި މީނާލް މިހާރުވަނީ ހޭ އަރާފައެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށް ވެސް ބުނެއެވެ.


މީނާލް ގެއްލުނުކަން އެނގިފައިވަނީ އޭނާގެ ޚަބަރެއް ނުވުމުން ޖޫން 22 ވަނަ ދުވަހުގެ ހަވީރު 5:30 ހާއިރުއެވެ. 


ކިޔުންތެރިންގެ ހިޔާލު