ގާނޫނީ އިމުގެ ތެރެއިން އިހުތިޖާޖު ކުރިއަށް ގެންދިއުމަށް ފުލުހުން އެދިއްޖެ

4 months ago

އަފްރާހް

ގާނޫނީ އިމުގެ ތެރެއިން އިހުތިޖާޖު ކުރިއަށް ގެންދިއުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެދިއްޖެއެވެ.


އެ އިދާރާ އިން މިފަދައިން އެދިލައްވާފައި މިވަނީ އައްޑު ސިޓީގެ މަސްވެރިން މިހާރު ކުރިއަށްގެންދާ އިހުތިޖާޖާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.


މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވާތީ، އެ ފަރާތްތަކުން އަންނަނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން އިހުތިޖާޖު ކުރަމުންނެވެ.


އެކަމާއިގުޅިގެން ފުލުހުން ނެރުއްވި ބަޔާނުގައި މިފްކޯގެ އަައްޑޫ ފިޝަރީޒް ކޮމްޕުލެކްސްތަކަށް ހުރަސްއެޅިފައިވާ ކަމަށާއި އެ އޮޕަރޭޝަން އަލުން ފެށޭނެ މާހައުލެއް އުފެއްދުމަށް ވެސް މަސައްކަތްކުރާ ކަމަށް ވަނީ ވިދާޅުވެފައެވެ.


މީގެއިތުރުން އަމާންކަން ގާއިމުކޮށް، ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅުތަކަށް މަސްވެރިންގެ ފަރާތުން ވެސް އެއްބާރުލުންދީ، ގާނޫނާއި ގަވާއިދާ ޚިލާފު ޢަމަލެއް ނުކުރުމަށް ވެސް އެދިލައްވާފައި ވެއެވެ.


ފުލުހުންގެ ބަޔާނުގައި އިހުތިޖާޖު ކުރުމުގައި މަސްވެރިންގެ ކަންބޮޑުވުންތަކާއި ޝުޢޫރުތައް ފާޅުކުރުމުގައި ފުލުހުންގެ ފަރާތުން ސެކިއުރިޓީ ލައިން ގާއިމްކޮށް މަސްވެރިންނަށް ދޭންޖެހޭ އެއްބާރުލުން ދޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


ފުލުހުން ވަނީ މިގޮތަށް ކުރިއަށް ގެންދާ އިހުތިޖާޖުތަކުގައި ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި އާންމު މަސްލަހަތު އިސްކުރުމަށް އިލްތިމާސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު

އަހްމަދް ރަސީދު

ކީއްކުރަން ގެނައި ސަރު ކާރެއް މީ؟

4 months ago