ސޯމާލިއާ ތިން މީހުންނަކީ ކަނޑުމަތީގައި ހާލުގައި ޖެހުނު ބައެއް

4 months ago

އަފްރާހް

ސޯމާލިއާ ތިން މީހުންނަކީ ކަނޑުމަތީގައި ހާލުގައި ޖެހުނު ބައެއް ކަމަށް މިހައިތަނަށް ހޯދި ހޯދުންތަކުން ދެނެގަނެވިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.


އެ އިދާރާ އިން މީޑިއާ އަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމީހުންނަކީ ކަނޑުމަތީގައި ހާލުގައިޖެހި، ބެހިގެން އާދެވުނު ބައެއް ކަމަށެވެ. އަދި އެމީހުން މިހާރުވަނީ ނ. އަތޮޅު ހޮޅުދޫ އަށް ގެންގޮސްފައި ކަމަށެވެ.


ފުލުހުން ވިދާޅުވީ އެރަށު ކައުންސިލުގެ އެހީތެރިކަމާއެކު އެމީހުންނަށް މިހާރުވަނީ ވަގުތީ ބޯހިޔާވަހިކަން ވެސް ފޯރުކޮށްދީފައި ކަމަށެވެ.


"އަރްމާޖޯ 1" ނަމަކަށް ކިޔާ ޑިންގީއެއްގައި ތިން މީހުން ނ. ވަވަތިއަށް ލައްގާފައިވަނީ މި ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު