6 months ago
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 60 އިންސައްތަ ނިމިއްޖެކަަމަށް އެ މަސައްކަތްކުރާ ކުންފުނި އެމްޓީސީސީން ހާމަކުރައްވައިފިއެވެ.
އެ ކުންފުނިން ވިދާޅުވީ އެ މަޝްރޫއުގެ ދަށުން މިހާރު ކުރެވެމުން ދަނީ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށެވެ.
މީގެއިތުރުން ބިންހިއްކުމާއި ފަސްގަނޑު ކޮމްޕެކްޓްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން 19,789 ކިއުބިކް މީޓަރުގެ ބިންހިއްކައި، 650 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
މިއީ 11.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.