5 months ago
ޓެކްނިކަލް މައްސަލައެއް ދިމާވެ، މޯލްޑިވިއަންގެ ފްލައިޓެއް އިމަޖެންސީގައި ވީއައިއޭ އަށް ޖައްސައިފިއެވެ.
މި ހާދިސާ ހިނަގާފައިވަނީ ޖޫން 23 ވަނަ ދުވަހުގެ ހަވީރުއެވެ.
ޓެކްނިކަލް މައްސަލައެއް ޖެހިގެން ވީއައިއޭއަށް ޖައްސާފައިވަނީ މޯލްޑިވިއަންގެ އޭ 320 ފްލައިޓެވެ. މިއީ އިންޑިއާ އަށް ދަތުރުކުރި ފްލައިޓެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލައިޓް ޖެއްސުމަށްފަހު ބޯޓުން މީހުން ބާލުވައި، އެ ފްލައިޓް ވަނީ ވަގުތީގޮތުން ދަތުރުކުރުން މެދުކަނޑާލާފައެވެ.
މޯލްޑިވިއަނުން ވިދާޅުވީ ފަސިންޖަރުންނަަށް އިތުރު ފްލައިޓެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.