6 months ago
ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ހައުސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މި ހައުސް ހުޅުވައިދެއްވީ ޖޫން 23 ވީ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާރސަން ޢަބްދުއްރަޙީމް އާއި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙުމަދު ނާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން އެމްއެންޕީގެ ލީޑަރު ކާނަލް ނާޒިމް، އެމްޑީއޭގެ ލީޑަރު އަޙުމަދު ޝިޔާމް މުޙައްމަދު، ދައުލަތުގެ ވުޒާރާތަކުގެ ވަޒީރުންނާ ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ އިތުރުން ޕީއެންސީގެ ގިނަ އަދަދެއްގެ އާންމު މެމްބަރުންނާ ސަޕޯޓަރުން ބައިވެރިވި ކަން ފާހަގަ ކުރެވެއެވެ.
ޕީއެންސީ ހައުސް އަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މައި ހަރުގެ ހުރި ހ. ވެޔޮވިލާ އެވެ. އަދި އެތަން ވަނީ ދަ ޑިމޮކްރެޓްސްގެ ހަރުގޭގެ ގޮތިގައި ވެސް ބޭނުންކޮށްފައެވެ.