އާމްދަނީ ހޯދައިގެން 13 ބިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދައްކައިފިން: ރައީސް

4 months ago

އަފްރާހް

ސަރުކާރާ ހަވާލުވެ، މިހައިތަނަށް 13 ބިލިއަނަށްވުރެ ގިނަ ރުފިޔާ އެކިފަރާތްތަކަށް ދައްކަވާފައިވާ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެންސީގެ މައި ޖަގަހަ "ޕީއެންސީ ހައުސް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.


ރައީސް ވިދާޅުވީ ސަރުކާރާ ހަވާލުވުމަށްފަހު، އެތެރެއާ ބޭރުގެ ދަރަނި ހިމެނޭހެން ޖުމްލަ 13 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާކަމަށެވެ. އަދި އެއީ އެއްވެސް ވަރަކަށް ފައިސާ ޗާޕުނުކޮށް، އާމްދަނީ ހޯދައިގެން ކަމަށް ވެސް ވިދާޅުވިއެވެ.


މީގެ ތެރޭގައި ދިވެހި ކުންފުނިތަކަށް ދައްކާފައިވާ 9 ބިލިއަން ރުފިޔާ އާއި ބޭރުގެ އެކި ފަރާތްތަކުން ނަގާފައިވާ ލޯނުތަކަށް 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހިމެނޭކަން ފާހަގަކުރެއްވިއެެވެ. އަދި ރިޔާސީ ކެމްޕެއިނުގައި އެންމެ މުހިއްމު އެއް ވައުދަކަށްވީ ފައިސާ ޗާޕް ނުކުރާނޭކަމުގެ ވައުދުކަން ފާހަގަކުރައްވައި، ވިދާޅުވީ މިހައިތަނަށް އެ ވައުދުގެ މަތީގައި ސާބިތުވެ ހުންނެވުނުނަމަވެސް މިއީ ކުރަން އުނދަގޫ ކަމެއްކަމަށެވެ.


ހަމަމިއާއެކު ފައިސާ ޗާޕް ނުކުރާނޭކަމުގެ ވާހަކަ ތަކުރާރުކުރައްވައި އެމަނިކުފާނު ވަނީ ސަރުކާރުގެ މި ސިޔާސަތަށް އައިއެމްއެފާއި، ވަރލްޑް ބޭންކް އަދި ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމިއްޔާތަކުން އެކަން ވަރަށްބޮޑަށް ފާހަގަކޮށްފައިވާކަން އުފަލާއެކު ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު