ސަރުކާރަށް ޖެއްސުން ކުރުމުގެ މަސައްކަތް ހުއްޓާލުމަށް މަޖިލިސް ރައީސް ގޮވާލައްވައިފި

3 months ago

އަފްރާހް

ސިޔާސީ ބޭފުޅުންވެސް މިއަދު އެންމެ ރަނގަޅުވާނީ ރައްޔިތުންގެ ނިންމުތަކަށް އިހްތިރާމްކޮށް، ސަރުކާރަށް ޖެއްސުން ކުރުމުގެ މަސައްކަތް ހުއްޓާލުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެންސީގެ މައި ޖަގަހަ "ޕީއެންސީ ހައުސް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.


ޕީއެންސީގެ ޗެއަރޕާރސަންގެ މަގާމު ވެސް އަދާކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ސިޔާސީގޮތުން ވަކި ބޭފުޅަކު ވަށައިގެން އެނބުރެން ނޫން ކަމަށާއި ރައްޔިތުން ބޭނުންވަނީ ތަރައްގީ ހާސިލުކުރުމަށް ކަމަށެވެ. އަދި ރާއްޖޭގައި މީގެކުރިން ވެރިކަންކުރެއްވި ބޭފުޅުން ޕާޓީއާއި ސަރުކާރު ހިންގެވި ގޮތާއި ރައީސް މުއިއްޒު ވެރިކަން ހިންގަވާ ގޮތުގައި ހުރި ތަފާތުތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.


އެގޮތުން މީގެކުރިން ވެރިކަން ކުރެއްވި ބޭފުޅުން ސިޔާސީ ގޮތުން ކުރެއްވި ކަންކަމުގެ ސަބަބުން ޕާޓީއާއި ސަރުކާރަށް ގެއްލުންތަކެއް ލިބުނުކަން ފާހަގަކުރައްވައި، ވިދާޅުވީ ސިޔާސީގޮތުން ބޮޑު ކަމެއް ދިމާވުމުން ރައީސް އަބަދު ވެސް ޕާޓީގެ ލީޑަރޝިޕާއެކު މަޝްވަަރާކުރައްވާ ކަމަށެވެ. އަދި އެއީ ސަރުކާރަށް ލިބޭ ކާމިޔާބީގެ ސިއްރުކަމަށް ވެސް ވިދާޅުވިއެވެ.


ޕީއެންސީގެ މައި ޖަގަހަ "ޕީއެންސީ ހައުސް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކޮންގްރެސް އާ އަލަށް ގުޅުނު މެމްބަރުންގެ ފޯމްތަކާއި ހަވާލުވެވަޑައިގަތީ ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.


މީގެއިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުން ތައާރަފްކުރުން ވެސް މި ރަސްމިއްޔާތުގައި ވަނީ ބާއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު

އިއްބެ

ޢަބުއްރަހީމުއެކަންކުރިގޮތް މިހާރުހހަނދާންއެބަހުރިތަ

3 months ago