ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ އެމެރިކާ އަށް

3 months ago

އަފްރާހް

ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު، ރަސްމީ ދަތުރުފުޅެއްގައި އެމެރިކާ އަށް ފުރާވަޑައިގެންފިއެވެ.


މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ވޮޝިންޓަން އަދި ނިއު ޔޯކް ސިޓީއަށް ޒިޔާރަތްކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.


އެ މިނިސްޓްރީން ވިދާޅުވީ މި ދަތުރުފުޅުގައި އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންގ އާއި އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި އެގައުމުގެ ސަރުކާރުގެ އެހީ ދޭ ޖަމިއްޔާ، ޔޫއެސް އެޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާސްއާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން ކައުންސިލް އޮފް ފޮރިން ރިލޭޝަންސްގެ މަޝްވަރާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވައި، ވޮޝިންޓަން އާއި ނިއުޔޯކުގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ. އަދި ނިއުޔޯކުގައި ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމާއި ގުޅޭގޮތުން އެ ސިޓީގެ އިސް ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.


މިނިސްޓަރ ޒަމީރުގެ އަރިހުގައި ސެކެރެޓަރީ ބައިލެޓްރަލް، ޑރ. ހާލާ ހަމީދު އާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ހަސަން ހުސެން ޝިހާބު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 


ކިޔުންތެރިންގެ ހިޔާލު