ޕީއެންއެފްގެ ޖަލްސާއެއް މިރޭ، ރައީސް ޔާމީން ވާހަކަފުޅު ދައްކަވާނެ

3 months ago

އަފްރާހް

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) ގެ ޖަލްސާ އެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.


އެ ޕާޓީން މީޑިއާ އަށް ހާމަކުރިގޮތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ފްރޮންޓް އޮފީހުގެ ވަރަށް ހާއްސަ ޖަލްސާއެއް މިރޭ 8:30 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި މި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެޑައިގަންނަވާއިރު، އެމަނިކުފާނު ވާހަކަފުޅު ދެއްކެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.


ހ. ދޫވެހި، ފުރަތަމަ ފަންގިފިލާގައި ބާއްވާ މި ޖަލްސާ ކުރިއަށްދާނީ ޓައުންހޯލް ސްޓައިލަށް ކަމަށާއި ސުވާލުު ވެސް ކުރެވޭނެ ކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ. އަދި އެންމެހާ ބޭފުޅުންނަށް ވަނީ ދައުވަތު އަރުވާފައެވެ.


މިއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު، އެ ޕާޓީން ބާއްވާ ފުރަތަމަ ޖަލްސާއެވެ.


ރައީސް ޔާމީން އިސްވެ ހުންނަވައި، އުފެއްދެވި ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމަނައި ރަޖިސްޓްރީކޮށްދިނީ މިއަހަރުގެ އޭޕްރިލް މަހުގެ 25 ވަަނަ ދުވަހުއެވެ.


3000 މެމްބަރުން ތިބި އެޕާޓީން ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެސް ވަނީ ވާދަކޮށްފައެވެ. ރައީސް ޔާމިންގެ ތާއިދާއެކު 35 ދާއިރާއަކަށް މެމްބަރުން ވާދަކުރި ނަމަވެސް އެއިން އެއްވެސް ބޭފުޅަކަށް މަޖިލީހުގެ ގޮނޑިއެެއް ކާމިޔާބު ކުރެވޭގޮތް ވަނީ ނުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު