6 months ago
ޒުވާން ފިރިހެން ކުއްޖެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ގެއްލިގެން ހޯދަނީ ހ. ބްލޫސްކޫޕް، ޙުސައިން ޒިހާން ނަމަކަށް ކިޔާ ކުއްޖެއް ކަމަށެވެ. އަދި އޭނާ މިހާރު ދިރިއުޅެނީ ހ. ބްލޫޑްރީމް ގައި ކަމަށެވެ.
އުމުރުން 18 އަހަރުގެ ހުސައިން ޒިހާން އެންމެ ފަހުން ފެނިފައިވަނީ ޖޫން 21 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާ އިން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށް ވެސް ވިދާޅުވިއެވެ.
ޙުސައިން ޒިހާންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.