އިސްލާމިކް މިނިސްޓަރ ޗައިނާ އަށް ފުރާވަޑައިގެންފި

3 months ago

އަފްރާހް

ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ޗައިނާ އަށް ފުރާވަޑައިގެންފިއެވެ.


އެ މިނިސްޓްރީން ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.


މިއީ ޖޫން 24 ން 28 ވަނަ ދުވަހުގެ ނިޔަލަށް އެގައުމުގެ ސިންޖިއަންގ ރީޖަންގެ އުރުމްގީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗައިނާ-ޔޫރޭޝިއާ އެކްސްޕޯގައި ބައިވެރިވެލެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ވިދާޅުވިއެވެ.


މީގެ އިތުރުން މިދަތުރުގައި ޗައިނާގެ މުހިންމު މިސްކިތްތަކާއި އިސްލާމީ އެކަޑަމީތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.


މިނިސްޓަރުގެ މި ދަތުރުފުޅުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޝުޖާއު އަބްދުލް ޙަކީމް ވެސް ބައިވެރިވެލައްވައެވެ.


ކިޔުންތެރިންގެ ހިޔާލު

އަލިބެ ހުޅުމާލެ

މީނަ އުޅޭނީ އަބަދުވެސް ވިޔަފާރީގެ ކަމެއްގައެވެ. އިސްލާމިކް މިނިސްޓަރަކު ޗައިނާއަށް ދާންޖެހޭނެ އެއްވެސް ބޭނުމެއް ނުފެނެއެވެ. މީނައަކީ ފޮރިންމިނިސްޓަރު ހެއްޔެވެ؟

3 months ago