6 months ago
ގެއްލިގެން ހޯދަމުން ދިޔަ ފިރިހެން ކުއްޖާ ފެނިއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ގެއްލިގެން ހޯދަމުންދިޔަ ހުސައިން ޒިހާން (ހ. ބްލޫސްކޫޕް) މާލެއިން ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
އެހެންނަމަވެސް ފެނުނު ސަރަހައްދެއް، އަދި ފެނުނީ ކޮންވަގުތަކު ކަމެއް ހާމައެއް ނުކުރައްވައެވެ.
އުމުރުން 18 އަހަރުގެ ހުސައިން ޒިހާން އެންމެ ފަހުން ފެނިފައިވަނީ ޖޫން 21 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާ އިން ފުލުހުންނަށް ކުރިންވަނީ ވިދަޅުވެފައެވެ.
ރާއްޖޭގައި ފަހަކަށް އައިސް މީހުން ވީނުވީއެއް ނޭނގި ގެއްލުމުގެ މައްސަލަ އިތުރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.