މިނިސްޓަރ ސައީދު ޗައިނާގަ

3 months ago

އަފްރާހް

ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ޗައިނާ އަށް ވަޑައިގެންފިއެވެ.


މިއީ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.


އެމަނިކުފާނު ޗައިނާގެ ޑާލިއަންއަށް ކުރައްވާ މި ދަތުރުފުޅުގައި ވިޔަފާރީގެ ދާއިރާ އާއި މާލީ ދާއިރާ ކުރިއެރުވުމާއި ގުޅޭ ކަންކަމާއި ގުޅޭ ގޮތުން އެގައުމުގެ ކޮމަރސް މިނިސްޓަރާއި ބައެއް އެހެން އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.


ރާއްޖޭގެ މާލީ ހާލަތު ވަރުގަދަ ކުރުމަށް މަޝްވަރާ ކުރުމަށް އެމަނިކުފާނު ވަނީ މީގެ ކުރިން އިނގިރޭސިވިލާތަށް ވެސް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި އެ ގައުމުގެ ފައިނޭންޝަލް އެސޯސިއޭޝަންތަކާއި އިންވެސްޓްމަންޓް އެސޯސިއޭޝަންތަކާއި ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވިއެވެ.


މީގެއިތުރުން ފައިނޭންޝިއަލް ސެކްޓަރުގައި ހިމެނޭ ބޭފުޅުންނާއެކު މަޝްވަރާ ބައްދަލުވުންތައް ވަނީ ބާއްވާފައެވެ. އަދި އެ ގައުމުގެ ފައިނޭންޝަލް އެސޯސިއޭޝަންތަކާއި އިންވެސްޓްމަންޓް އެސޯސިއޭޝަންތަކާއި ފައިނޭންޝިއަލް ސެކްޓަރުގައި ހިމެނޭ ބޭފުޅުންނާ ވެސް ބައްދަލުކުރައްވައި ވަނީ މަޝްވަރާތައް ބާއްވާފައެވެ.


މައުލޫމާތު ލިބިފައިވާގޮތުގައި މިނިސްޓަރ ސައީދު، އަންނަ ޖުލައި މަހު، އެމެރިކާ އަށް ވަޑައިގަތުމަށް ވެސް ވަނީ ނިންމަވާފައެވެ. މި ދަތުރުފުުޅުގައި ރާއްޖޭގެ އިގްތިސާދުގެ "އީކޯ ސިސްޓަމް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް މައުލޫމާތު ލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު