ހެލްތު މިނިސްޓަރ ޚަލީލު ޗައިނާ އަށް

6 months ago

އަފްރާހް

ހެލްތު މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލު ޗައިނާ އަށް ފުރާވަޑައިގެންފިއެވެ.


އެ މިނިސްޓްރީން ހާމަކުރައްވާފައިވާގޮތުގައި މިއީ '2024 ޝެންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން ފޯރަމް’ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.


ސަގާފި ބޭސްވެރިކަމަށް ހާއްސަކުރެވިގެން ބާއްވާ އެ ކޮންފަރެންސްގެ މިއަހަރުގެ ޝިއާރަކީ "ވާރުތަވެރިކަން، އީޖާދު، އިންޓަގްރޭޝަން އަދި ތަރައްގީ" އެވެ.


މި ފޯރަމް ކުރިއަށްދާނީ ޖޫން 26 އިން 28 ގެ ނިޔަލަށް ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.


މިނިސްޓަރ ޚަލީލު އެގައުމަށް ވަޑައިގަންނަވާއިރު، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އާއި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ރަސްމީ ދަތުރުފުޅެއްގައި ޗައިނާގައެވެ.


މިނިސްޓަރ ސައީދު ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވިއިރު، ޑރ. ޝަހީމް ވަޑައިގެންނެވީ ޗައިނާ-ޔޫރޭޝިއާ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށެވެ.


މީގެއިތުރުން ފޮރިމް މިނިސްޓަރ މޫސާ ޒަމީރު އެމެރިކާގައި ހުންނެވިއިރު، އެންވަޔަރްމެންޓް މިނިސްޓަރ ހުންނެވީ ބޫޓާނުގައެވެ.


ކިޔުންތެރިންގެ ހިޔާލު