ހައްޖު ކޯޕަރޭޝަންގެ ހުރިހައި ހައްޖާޖީން ވެކްސިން ފުރިހަމަކުރި

3 months ago

އަފްރާހް

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖަށް ދިޔަ ހުރިހައި ހައްޖާޖީން ޓްރެވެލް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރައްވައިފިއެވެ.


އެ ކޯޕަރޭޝަނުން ނެރުއްވި ނޫސްބަޔާނެއްގައި ވަނީ އެ ކޯޕަރޭޝަނުގެ ހުރިހައި ހައްޖާޖީން ވެސް ޓްރެވެލް ވެކްސިންތައް ކަމަށްވާ ޕޯލިއޯ، މެނިންޖައިޓިސް އަދި އިންފްލުއެންޒާ ވެކްސިން ފުރިހަމަ ކުރިކަމަށެވެ.


މީގެއިތުރުން ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެކޯޕަރޭޝަނުން ހާއްސަ އިސްކަމެއްދޭކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.


ހައްޖު ކޯޕަރޭޝަނުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމުގައިވާ މެނިންގޮކޯކޮލް ނަމަކަށް ކިޔާ ބައްޔެއް ރާއްޖެއިން ފެނުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިލައްވާފައިވާ ދަނޑިވަޅެއްގައެވެ.


ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން މިއަހަރު 1150 މީހުން ވަނީ ހައްޖުގެ އަޅުކަމަށް ގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު