ވީއައިއޭ ލައިޓް ކައިރީ އޮތް ކާރެއްގައި ރޯވި އަލިފާން ނިއްވާލައިފި

3 months ago

އަފްރާހް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ލައިޓް ކައިރީ އޮތް ކާރެއްގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ ޖޫން 25 ވަނަ ދުވަހުގެ ރޭ ކަމަށެވެ.


އެ ހާދިސާގެ ރިޕޯޓު ލިބުމާއިއެކު އަލިފާން ނިއްވާލުމުގެ މަސައްކަތް ފަށައި، މާގިނަ އިރުތަކެއް ނުވެ އަލިފާން ނިއްވާލާފައިވާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ.


މީގެއިތުރުން މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ކާރަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަން ހާމައެއް ނުކުރައްވައެވެ.


ފުލުހުން ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު