ދަނޑުވެރި މަންފާ ލޯން އެޕްލިކޭޝަން އިފްތިތާހުކޮށްފި

3 months ago

އަފްރާހް

"ދަނޑުވެރި މަންފާ"ގެ ނަމުގައި ހިލޭ އެހީ އާއި ލޯނު ސްކީމެއް ދަނޑުވެރިކަމާއި ބެހޭ ވުޒާރާ އިން އިފްތިތާހްކޮށްފިއެވެ.


ލޯން ސްކީމް އިފްތިތާހުކުރުމަށް ޖޫން 25 ވަނަ ދުވަހު މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔަތު ޝަރަފްވެރި ކޮށްދެއްވާ ""ދަނޑުވެރި މަންފާ" ލޯން އެޕްލިކޭޝަން ޕޯޓަލް އިފްތިތާހުކޮށްދެއްވާފައިވަނީ ދަނޑުވެރިކަމާ ދިރޭތަކެއްޗާއި ބެހޭވަޒީރު ޑރ. އާއިޝަތު ރަމީލާއެވެ. 

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފިނޭންސް އާއި އެސްޑީއެފްސީ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.


"ދަނޑުވެރި މަންފާ" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމް ޢަމާޒުކޮށްފައިވަނީ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)'ގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންޖީއޯ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ އަދި ކޯޕޮރޭޓިވް ސޮސައިޓީތަކަށެވެ.


ގްރާންޓް ގެ އިތުރު ބުރުތައް ހިންގުމަށް ވެސް ހަމަޖެހިފައިވާއިރު، ފުރަތަމަ ބުރުގައި ވަނީ ހަމައެކަނި ޕްރޮޑަކްޝަނަށް އަމާޒުކޮށްފައެވެ. މިއީ ގްރީންހައުސް އިންސްޓޯލްކޮށް، ހައިޑްރޮޕޯނިކްސް ސިސްޓަމް ނުވަތަ އެހެންވެސް މީޑިއަމްއެއް ޤާއިމްކޮށްގެން ދަނޑުވެރިކަންކުރުމަށެވެ.


މި ގްރާންޓް ޕްރޮގްރާމްގެ މައުލޫމާތު ދަނޑުވެރިންނާއި ކައުންސިލްތަކާއި ހިއްސާކުރުމުގެ ސެޝަންތައް، ޕްރޮޖެކްޓްގެ ރަށްތަކުގައި ޖޫން މަހުގެ ތެރޭގައި ވަނީ ބާއްވާފައެވެ.


މި ލޯން ސްކީމްގެ ދަށުން ފަނަރަ މިލިއަން އެއްސަތޭކަ އައްޑިހަ އަށްހާސް ހަތްސަތޭކަ ރުފިޔާ ދޫކުރުމަށް ނިންމާފައިވާއިރު، މި ގްރާންޓް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީ އާއި އެސްޑީއެފްސީ އަދި ދަނޑުވެރިކަމާ ދިރޭތަކެއްޗާއި ބެހޭ ވުޒާރާއާއިއެކު ވަނީ ފަހުމުނާމާއެއްގައި ސޮއި ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު

އަހްމަދް ރަސީދު

މިއުޅެނީ ކާނެ އެއްޗެއް ނުލިބިގެން. ޅޯނު ދޫކޮށް ރައްޔިތުން ދަރުވާލާ

3 months ago