ދިވެހީންގެ މައްޗަށް އެހެން ބައެއްގެ ނުފޫޒު ފޯރުވުމުގެ ފުރުސަތު ރައީސް ނުދެއްވާނެ

3 months ago

އަފްރާހް

ދިވެހިންގެ މައްޗަށް އެހެން ބައެއްގެ ނުފޫޒު ފޯރުވޭނެ އެއްވެސް ކަމަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޖާގަ ނުދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުއްވެއްޖެއެވެ.


އޭނާ މިފަދައިން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.


އިބްރާހިމް ދީދީ ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ މިވީ މުއްދަތުގެ ތެރޭގައި ދެއްކެވީ އެ ނަމޫނާ ކަމަށެވެ. އަދި ރާއްޖެއާ އަވަށްޓެރި ގައުމުތަކާއެކު އަދުގެ ސަރުކާރުން ބާއްވާނީ ދެ ފަރާތުން ވެސް އެއްބަސްވާ މިނިވަން އަދި ގާތް ގުޅުންތަކެއް ކަމަށެވެ.


މީގެއިތުރުން ގައުމު މިހާރު ދަނީ ރަނގަޅު މިސްރާބަށް ކަމަށާއި ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް ގައުމުގެ ކަންކަން ރަނގަޅުކުރުމަށް ރައްޔިތުން ވަގުތުދީ، ކެތްތެރިވާންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.


އޭނާ ވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރަށް ވެސް ވަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން 60 އަހަރުގެ ތެރޭގައި ރާއްޖެއިން ނުނަގާވަރަށް މިދިޔަ ފަސް އަހަރު ދަރަނި ނަގައިގެން ވެސް ކުރިކަމެއް ފެންނަން ނެތް ކަމަށް ވިދާޅުވިއެވެ.


އިބްރާހިމް ދީދީ ވަނީ އެފައިސާ އަށް ވީގޮތް މަޖިލީހާއި އެނޫންވެސް ކަމާގުޅޭ މުވައްސަސާތަކުން ބަލަންޖެހޭ ކަމަށާއި އިހުމާލުވި ފަރާތްތައް ޖަވާބުދާރީކޮށް އަދަބު ވެސް ދޭންޖެހޭނެކަމަށް ވެސް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު

ވ

ތިހެންވެއްޖެއްޔާ ކިތައްމެހާވެސްރަގަޅު އެކަމަކު އުޅޭއުޅުމުން ހިޔެއްނުވޭ ދެންއިންޑިޔާމީހުން ރާޖެ ހތްޕާލާނީ ދުވަހަކުވެސް ނުނައްޓާނެހާރުކޮންކަން ހީވަނީ މޑޕ ވެސް ނުލެބޭހާ ބޮޑަށް މިސަރުކާރު ދަނީ ލެބެމުން އާދޭސްކުރަމުން

3 months ago