ޗައިނާ-ޔޫރޭޝިއާ އެކްސްޕޯ ގައި އިސްލާމިކް މިނިސްޓަރ ބައިވެރިވެވަޑައިގެންފި

3 months ago

އަފްރާހް

8 ވަނަ ޗައިނާ-ޔޫރޭޝިއާ އެކްސްޕޯގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައިވެރިވެވަޑައިގަންނަވައިފިއެވެ.


މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ އުރުމްގީގައި ކުރިއަށްދާ މި އެކްސްޕޯގައި ޑރ. ޝަހީމް ބައިވެރިވެލެއްވީ ޗައިނާ ސަރުކާރުގެ ހާއްސަ ދައުވަތަކަށެވެ.


އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެގައުމުގެ މުހިއްމު މިސްކިތްތަކަށާއި އިސްލާމީ އެކަޑަމީތަކަށް ޒިޔާރަތް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.


މި ދަތުރުފުޅުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޝުޖާއު އަބްދުލް ޙަކީމް ވެސް ބައިވެރިލައްވައެވެ.


ކިޔުންތެރިންގެ ހިޔާލު