އައްޑޫ ސިޓީގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

3 months ago

އަފްރާހް

އައްޑޫ ސިޓީގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެ ސިޓީގެ ފޭދޫގައި މިއަދު ހެނދުނު ކުނި އުކާލަން ދިޔަ ބިދޭސީއެއް ޚަބަރެއް ނުވެގެން ހޯދަމުން ދިޔައިރު، ފެނުނީ މޫދުގައި އޮއްވާ ކަމަށެވެ. އަދި އެއީ ހެނދުނު 9:40 ހާއިރު ކަމަށެވެ.


އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އެރަށު ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.


ފުލުހުން ވިދާޅުވީ މަރުވެފައިވަނީ ނެޕާލް ފިރިހެނެއް ކަމަށާއި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދޭ ކަމަށެވެ.


ފުލުހުން ވިދާޅުވީ އެ ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު