ސިނަމާލެ ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް

5 months ago

އަފްރާހް

ސިނަމާލެ ބްރިޖުގައި އެކްސިޑެންޓެއް ހިނގައިފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވާ ކަަމަށެވެ. އަދި އޭގެތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.


އެ އިދާރާ އިން ވިދާޅުވީ އެކްސިޑެންޓު ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންކަމަށެވެ.


މިއީ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް، އިތުރު ސައިކަލެއްގެ ޖެހިގެން ހިނގި އެކްސިޑެންޓެއް ކަމަށާއި ބޮޑަށް އަނިޔާލިބިފައިވަނީ ކުޑަކުއްޖާ އިން ސައިކަލު ދުއްވަން އިން މީހާއަށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.


އެހެންނަމަވެސް އަނިޔާވި ކުޑަކުއްޖާ އާއި ސައިކަލް ދުއްވަން އިން މީހާ އަށް ފަރުވާ ދިނުމަށްފަހު، ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު