ޒުވާން ހަތީބުން ޕްރޮގްރާމުގެ ދެވަނަ ބެޗުގައި ބައިވެރިވުން ޖުލައި 5 ގެ ނިޔަލަށް

3 months ago

އަފްރާހް

ޒުވާން ޚަޠީބުން ޕްރޮގްރާމުގެ ދެވަނަ ބެޗުގެ އެޕްލިކޭޝަނަށް ހުޅުވާލައިފިއެވެ.


އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ދެވަނަ ބެޗް ތިން ސަރަހައްދެއްގައި ބާއްވާނެ ކަަމަށެވެ. އެގޮތުން މާލެ، އައްޑޫ ސިޓީ އަދި މ. އަތޮޅުގައި ބާއްވާ ގޮތަށް ހަމަޖައްސާފައިވާކަމަށް ވިދާޅުވިއެވެ.


މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ޖޫން 26 ން ފެށިގެން ޖުލައި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ.


ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 100 އަށްވުރެ ގިނަ ކުދިން ވަނީ ސަނަދު ހާސިލްކޮށްފައެވެ.


މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމަށާއި އިމާމުވެނަމާދު ކުރުމަށާއި ދީނާ ގުޅުން ހުރި އެހެނިހެން ހާއްސަ ތަމްރީނުތަކެއް ދެވިގެންދާނެއެވެ. މި ޕްރޮގްރާމްގެ ސަބަބުން ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށްވެސް ބޮޑު ލުއިފަސޭހައެއް ވަނީ ލިބިގެންގޮސްފައެވެ.


އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ މިހާއްސަ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްދާ ޕްރޮގްރާމެކެވެ.


ކިޔުންތެރިންގެ ހިޔާލު