ސްޓެލްކޯ މުވައްޒަފުން އިންސާނިއްޔަތަށްޓަކައި ލޭ ހަދިޔާ ކޮށްފި

3 months ago

އަފްރާހް

ސްޓެލްކޯ މުވައްޒަފުން އިންސާނިއްޔަތަށްޓަކައި ލޭ ހަދިޔާ ކޮށްފިއެވެ.


އެ ކުންފުނިން ހާމަކުރެއްވި ގޮތުގައި މިއީ ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގައި އެ ކުންފުނިން ވެސް ހިއްސާވުމަށް ހިންގި ހަރަކާތެއް ކަމަށެވެ.


ސްޓެލްކޯ އިން އިސްނަގައިގެން މޯލްޑިވިއަން ބްލަޑް ސަރވިސަސްއާ ގުޅިގެން ހިންގި މި ޕްރޮގްރާމަށް އެކުންފުނީގެ މުވައްޒަފުންގެ ވަަރަށްބޮޑު ތަރުހީބެއް ލިބިފައިވާ ކަަމަށް ވިދާޅުވިއެވެ. އެގޮތުން 100 އަށް ވުރެ މުވައްޒަފުން ލޭ ހަދިޔާކުރި ކަމަށް ވިދާޅުވިއެވެ.


މިފަދަ ދާއިރާތަކުން މުޖުތަމައަށް ހިދުމަތްކުރުމުގައި އެ ކުންފުނީގެ އިސްނެގުމަކީ ކުންފުނީގެ މެނޭޖްމަންޓުން ވަރަށް އިސްކަންދޭ ކަމެއް ކަމުގައިވާއިރު، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އާއި ސީނިއަރ މެނޭޖުމެންޓުގެ މުވައްޒަފުން ވެސް ލޭ ހަދިޔާކޮށްފައިވާކަމަށް ސްޓެލްކޯ އިން ހާމަކުރައްވައެވެ.


މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މިފަދަ ކަންކަމުގައި ކުންފުނީގެ މުވައްޒަފުންގެ ފަރާތުން އަބަދު ވެސް ވަރަށްފުރިހަމަ އެއްބާރުލުމެއް ލިބޭކަން ފާހަގަކޮށް، ހުރިހައި މުވައްޒަފުންނަށް ވަނީ ޝުކުރު އަދާކޮށްފައެވެ.


ސްޓެލްކޯ އިން ވިދާޅުވީ ކޮންމެ އަހަރަކު ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު