ހިޓާޗީ ބްރޭންޑްގެ އިތުރު މުދާ އެސްޓީއޯގެ "ހަކަތަރި" ލޭބަލަށް

3 months ago

ސާއި

އެސްޓީއޯއިން ވިއްކަމުން އަންނަ ހިޓާޗީ ބްރޭންޑުގެ އިތުރު މުދާތައް "ހަކަތަރި" ލޭބަލަށް އިތުރުކޮށްފިއެވެ.


އެގޮތުން ހިޓާޗީ ބްރޭޑްގެ އައިސް އަލަމާރި އާއި ދޮންނަމެޝިން އިތުުރުކޮށްފައިވާކަަމަށް އެ ކުންފުނިން ބުނެއެވެ.


އެސްޓީއޯ އިން ބުނީ މި ޕްރޮގްރާމްގައި ބައިވެރިވި އެންމެ ބޮޑު އެއް ސަބަބަކީ އެކުންފުނިން ވިއްކާ މުދަލަކީ ތިމާވެއްޓާއި ރަައްޓެހި އަދި ކަރަންޓު ހަރަދު ކުޑަކޮށްދޭ، މުދަލަށް ހެދުން ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ކަސްޓަމަރުންގެ އިތުބާރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ވެސް ބުނެއެވެ.


މީގެއިތުރުން ކުރިއަށް އޮތް ތަނުގައި ވެސް ހިޓާޗީ ބްރޭންޑް ގެ ހަކަތަރި ލޭބަލް ޖެހިފައިވާ އިތުރު އުފެއްދުންތައް މާކެޓަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށް ހާމަކުރައްވައެވެ.


"ހަކަތަރި" ލޭބަލް އަކީ ކަރަންޓު އާލާތްތައް ހިންގުމަށް ހަކަތަ ހޭދަވާ ނުވަތަ ސަމަކާރަ މިންވަރު ދެނެގަނެވޭނޭ އަދި އަންގައިދޭ ދިވެހި ލޭބަލްއެވެ. މިއީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އަޅާ، އެންވަޔަރަމަންޓް މިނިސްޓްރީއިން ފަށާފައިވާ މަސައްކަތެކެވެ.


މި ޕްރޮގުރާމުގެ މަގްސަދަކީ ރާއްޖެއަށް އެތެރެ ކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގެ، ހާއްސަ މިންގަނޑުތަކަކަށް ފެތޭ ތަކެތިކަން ޔަގީންކޮށް، އާންމުންނަށް އެތަކެތި ވަކިކުރެވޭނެ ނިޒާމެއް ގާއިމްކުރުން ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު