މިދިޔަ މަހު 244 މީހުންނަށް ޑެންގީ ޖެހިއްޖެ

5 months ago

އަފްރާހް

މިދިޔަ މަހު 244 މީހުންނަށް ޑެންގީ ޖެހިއްޖެއެވެ.


ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއީ މި އަހަރުގެ މާރޗު މަހާ އަޅާ ބަލާއިރު، އޭޕްރިލް މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކުރި އަދަދު އިތުރު ކަމަށެވެ.


މާރޗު މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދަކީ 119 ކަމަށާއި މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު ދަށް އަދަދެއް ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ. އަދި ފައިބެއަހަރުގެ މާރޗު މަހު 229 މީހުން އަދި އޭޕްރިލް މަހު 330 މީހުން ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާކަމަށް ތަފާސްހިސާބުން ދައްކައެވެ.


އެޗްޕީއޭއިން ވިދާޅުވީ ޑެންގީހުން ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި މަދިރީގެ ސަބަބުން ޖެހޭ ބަލިތަކުން ސަލާމަތްވުމަށް އެންމެ މުހިންމު ކަމަކީ މަދިރި ހެފުމުން ރައްކާތެރިވުން ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ.


މީގެއިތުރުން މަދިރި ހެފުމުން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުންކުރުން ފަދަ ކަންކަން ކުރުމަށް ވެސް އިލްތިމާސް ކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު