އޭދަފުށީގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ފުރުސަތެއް

3 months ago

އަފްރާހް

ބ. އޭދަފުށީގައި ގެސްޓް ހައުސް ތަރައްގީކޮށް، ހިންގާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.


އެރަށު ކައުންސިލުން ކުރައްވާފައިވާ އިއުލާނެއްގައި ވަނީ 10،000 އަކަފޫޓޫގެ ދެ ބިމެއް ބިމެއް 50 އަހަރަށް ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެއީ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް އޭދަފުށީގެ ހުޅަނގު އުތުރު ދިރާގާއި ދިމާލު އަތިރިމަތީ ސަރަހައްދުންނާއި ޓާފު ދަނޑުގެ އިރު އުތުރުން ކަމަށެވެ.


މިއީ އަމިއްލަ ހަރަދުގައި ގެސްޓްހައުސް އިމާރާތްކޮށް، އެ ތަން ބަލަހައްޓައި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވައިލި ފުުރުސަތެއް ކަމަށް ވެސް އިއުލާނުގައި ވެއެވެ.


އެ ކައުންސިލުން ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އޮގަސްޓު 1 ވާ ބުރާސްފަތި ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ މެންދުރު 1 ޖެހުމާއި ހަމައަށް މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ހުޅުވައިލާފައެވެ.


މި މަޝްރޫއުގެ ބިޑް ޑޮކިއުމެންޓުގެ އަގަކީ 15000 ރުފިޔާ ކަމަށާއި ބިޑް ހުށަހަޅަން ޖެހެނީ އަންނަ އޯގަސްޓް މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 1 ޖެހުމުގެކުރިން އޭދަފުށީ ކައުންސިލް އިދާރާ އަށެވެ.


އޭދަފުށި ކައުންސިލުގެ އިއުލާނުގައި ބިޑު ހުށަހަޅަން ޖެހޭނީ ކޮންމެ ބިމަކަށް ވެސް ވަކިން ކަމަށް ވިދާޅުވެއެވެ.


މި އިއުލާން ކުރައްވާފައިވާއިރު، އެރަށުގައި ގެސްޓް ހައުސްގެ ވިޔަފާރިކުރުމަށް އެއްވެސް ފަރާތަކަށް ހުއްދަ ނުދިނުމަށް 2013 ވަނަ އަހަރު ވަނީ އެ ކައުންސިލުން ނިންމާފައެވެ. އެހެންނަމަވެސް އެ ނިންމުން މިހާރުވަނީ ބާތިލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު