ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި މަސްވެރިންނަށް 48 ގަޑިއިރުތެރޭގައި ފައިސާ ދޫކުރެވޭނެ: މިނިސްޓަރ

3 months ago

އަފްރާހް

ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި މަސްވެރިންނަށް 48 ގަޑިއިރުތެރޭގައި ފައިސާ ދޫކުރެވޭނެ ކަމުގައި ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.


މިނިސްޓަރ މިފަދައިން ވިދާޅުވީ އެ މިނިސްޓްރީ އާއި މިފްކޯ ގުޅިގެން ޖުލައި 1 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.


މި ސަރުކާރުގެ އަމާޒަކީ މަސްވެރިން މަސް ކިރާތާ 48 ގަޑިއިރުތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުންކަން ހާމަކުރައްވައި، އެމަނިކުފާނު ވަނީ މަސްވެރިކަމުގެ ސިނާއަތަށް މިހާރުމިގެންނަ ބަދަލުތަކުގެ ތެރެއިން، ރާއްޖޭގައި އިތުރު މަސް ކާރުޚާނާތައް ތަރައްގީކުރެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި މަސްވެރިންނަށް 48 ގަޑިއިރުތެރޭގައި ފައިސާ ދޫކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.


މީގެއިތުރުން މިފްކޯ އަށް މަސް ގަންނަ އަގަށް ގެނެސްފައިވާ ބަދަލާއި ގުޅިގެން މި ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކަށް ވެސް ކުރިއެރުންތައް ލިބޭނެ ކަމަށާއި ސަރުކާރުން މާބޮޑު އަގުގައި ގަންނާތީ މަސްކައްކާ ރިހާކުރު ހަދާ ކުންފުނިތަކަށް ވެސް ގެއްލުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަމިުގެ ސަބަބުން އަމިއްލަ ކުންފުނިތަކަށް ވެސް ވަރަށްބޮޑަށް ހުރަސް އެލީފައިވާކަން ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު