މިފްކޯ ހިންގުމަށް ސަރުކާރުގެ ސަބްސިޑީ ބޭނުންވާނެ: އިލްޔާސް

3 months ago

އަފްރާހް

މަހުގެ އަގަށް ގެނެސްފައިވާ ބަދަލާއެކުވެސް މިފްކޯ ހިންގުމަށް ސަރުކާރުގެ ސަބްސިޑީ ބޭނުންވާނެ ކަމަށް މިފްކޯގެ ޗީފް ފައިނޭންޝިއަލް އޮފިސަރ އިލްޔާސް ހަނީފް ވިދާޅުވެއްޖެއެވެ.


އޭނާ މިފަދައިން ވިދާޅުވީ އެ ކުންފުންޏާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ޖުލައި 1 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.


އިލްޔާސް ވިދާޅުވީ ކުންފުނީގެ ހިންގުން ހަރުދަނާކޮށްގެން ކުރިމަގުގައި އެ ކުންފުންޏަށް ސަރުކާރަށް ބަރޯސާވާން ޖެހޭ މިންވަރު ކުޑަ ކުރުމަކީ އަމާޒެއް ކަމަށެވެ.


މީގެއިތުރުން މިހާރު ހުރި ރެވެނިއު އާއި ހުރި ޚަރަދުތަކަށް ބަލާއިރު، މަހެއްގެ މައްޗަށް 20 މިލިއަނާއި 25 މިލިއަނާ ދެމެދުގެ އަދަދަކުން ބޭނުންވާ ކަމަށާއި އެ އަދަދު ކުޑަކުރުން ބިނާވަނީ ކުންފުނީގެ އާމްދަނީ އާއި ޚަރަދަށް ބަދަލު ގެނެސްގެން ކަމަށް ވިދާޅުވިއެވެ.


"އަޅުގަނޑުމެން މިހާރު މި ދީލާލަނީ އެ އަމާޒާ ދިމާލަށް." އިލްޔާސް ވިދާޅުވިއެވެ.


މިފްކޯ އިން ގަންނަ މަހުގެ އަގަށް ގެނައި ބަދަލާއި ގުޅިގެން ޖުލައި އެއްވަނަ ދުވަހުން ފެށިގެން ފަސް ވަނަ ދުވަހަށް އެ ކުންފުނީގެ ސެންޓަރުތަކުންނާއި ބޯޓުފަހަރުތަކުން އައިސް އަޅާފައިވާ 1.5 ކިލޯއިން މަތީގެ ކަނޑުމަހާއި ކަންނެލި ގަންނާނީ 16 ރުފިޔާއަށެވެ. އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ގަންނާނީ 14 ރުފިޔާއަށެވެ.


ކިޔުންތެރިންގެ ހިޔާލު