ގައުމު ސަލާމަތް ކުރުމުގެ ވިސްނުން އުފެދެނީ އާއިލާތަކުގެ ތެރެއިން: ރައީސް

5 months ago

އަފްރާހް

ގައުމު ސަލާމަތް ކުރުމުގެ ވިސްނުން އުފެދެނީ އާއިލާތަކުގެ ތެރެއިން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހާއި ގުޅިގެން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގައުމީ ލޯތްބާއި ގައުމީ ހިދުމަތާއި ގައުމު ސަލާމަތް ކުރުމުގެ ވިސްނުން އުފެދެނީ އާއިލާތަކުގެ ތެރެއިން ކަމަށެވެ.


އެހެންކަމުން، ގައުމުގެ ދެމިއޮތުމަށް އާއިލާތައް ބަދަހިވެ، ހަރުދަނާވުން މުހިންމުކަމަށް ވަނީ ވިދާޅުވެފައެވެ.


މިފަދަ ދުވަހެއް ބައިނަލްއަގުވާމީ ގޮތެއްގައި ފާހަގަކުރާއިރު، އާއިލާތަކުގެ ގުޅުން ވަރުގަދަކޮށް، ބާރުވެރިކުރުވުމަށް ހާއްސަ އިސްކަމެއްދޭކަން އަދުގެ ސަރުކާރުންވަނީ ހާމަކުރައްވާއްވައި މުޙިއްމު މަސައްކަތްތަކެއް ފައްޓަވާފައެވެ.


އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން ދުވަސްވީ މީހުން އެ މީހުންގެ އާއިލާތަކުގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަށް ސަރުކާރުން އެހީތެރިކަން ދިނުމަށް ނިންމަވާފައި ވެއެވެ.


އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް ވަނީ މީގެ ކުރިން ވިދާޅުވެފައިވަނީ ގިނަ އާއިލާތަކުން އުމުރުން ދުވަސްވީމީހުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަނީ ދިރިއުޅުމުގެ ހާލަތު ހުންނަގޮތުން ބެލެން ނެތުމުން ކަމަށެވެ.


އެހެންކަމުން އާއިލާތަކުގެ ހާލަތު ބެލުމަށް 'ހާޅު ކިހިނެއް' ނަމުގައި ސަރުކާރުން ވަނީ ހާއްސަ ޕްރޮގްރާމެއް ފެށުމަށް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު