ބިލެއްފަހި ބަނދަރު މަސައްކަތަށް ބޮޑުހިލައިގެ އިތުރު ޝިޕްމެންޓެއް ގެންގޮސްފި

3 months ago

އަފްރާހް

ށ. ބިލެއްފަހި ބަނދަރު މަސައްކަތަށް ބޮޑުހިލައިގެ އިތުރު ޝިޕްމެންޓެއް ގެންގޮސްފިއެވެ.


މި މަސައްކަތްކުރާ ކުންފުނި، އެމްޓީސީސީން ވިދާޅުވީ އެރަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 86 އިންސައްތަ މިހާރުނިމިފައިވާ ކަމަށެވެ.


މީގެއިތުރުން މި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރު ވަނަ ޝިޕްމަންޓު ވެސް ސައިޓަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވެއެވެ.


އެ ކުންފުނިން ވިދާޅުވީ މި މަޝްރޫއުގެ ދަށުން 10,500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކޮށް، 3825 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ހާބަރ ބޭސިން ފުންކުރާނެ ކަަމަށެވެ. އަދި 9,800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ވެސް ފުންކުރާނެ ކަމަށެވެ.


މި މަޝްރޫއުގައި 3500 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދު ފުންކުރުމާއި 22 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 181 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ވެސް ހިމަނާފައިވާ ކަމަށް ވިދާޅުވިއެވެ.


އެމްޓީސީސީން އިތުރަށް ވިދާޅުވީ 376 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލައި، 170 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި، 1549 އަކަ މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ޕޭވްމަންޓް ހެދުމަކީ ވެސް މަޝްރޫއުގައި ހިމެނޭ ކަމެއް ކަމަށެވެ.


40.73 މިލިއަން ރުފިޔާގެ މި މަޝްރޫއުގައި ރޭމްޕަކާއި ބްރިޖެއް ހަދައި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު