ޅޮހީ ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރިއަށް

3 months ago

އަފްރާހް

ނ. ޅޮހީ ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.


އެ ކުންފުނިން ވިދާޅުވީ އެރަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށީގެ ކޮންކްރީޓް މަަސައްކަތްތަކުގެ 44 އިންސައްތަ ނިމިފައިވާ ކަމަށެވެ.


މި މަޝްރޫއުގައި ހިމެނޭ މަސައްކަތްތައް ހާމަކުރައްވަމުން އެމްޓީސީސީން ވިދާޅުވީ 66,701 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރާނެ ކަމަށެވެ. އަދި 2,205 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ވެސް ފުންކުރާނެ ކަމަށެވެ.


މީގެއިތުރުން 366 މީޓަރުގެ އެއްގަމުތޮށި ލައި، 321 މީޓަރުގެ ބޭރުތޮށި ލައި، 95 މީޓަރުގެ ރިވެޓްމެންޓް ޖެހުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި 50 މީޓަރުގެ ގްރޮއިން ޖެހުމާއި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 1,720 އަކަ މީޓަރުގެ ހާބަރ ޕޭވްމަންޓް ހެދުން ވެސް ހިމެނޭކަމަށް ވިދާޅުވިއެވެ.


މި މަޝްރޫއުގައި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި މޫރިންގ ބޯއީސް ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭއިރު، މިއީ 64.87 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު